102734097-2
ކުރުގޮތަކަށް ސްޓްރެސްއަކީ ކޮންއެއްޗެކަން ބުނެދޭނަމަ ބުނެވޭނީ މިފަދައިންނެވެ. ސްޓްރެސްއަކީ ދިރިއުޅުމުގައި ބޭނުންތަކެއް ހުރެ އެކަންތައްތައް ހާޞިލުކުރުމުގައި ހުރަސްތަކެއް ނުވަތަ ހިލާފުތަކެއް އުފެދުމުން ދެންވާގޮތެވެ. މީގެ އިދިކޮޅަށް ބުނާނަމަ ބޭނުންނުވާ ޒާތުގެ ކަންތަކަކެއް ދިމާވެ އެކަންކަމުން މިންޖުވުމުގައި ދަތިހުރަސްތަކެއް ކުރިމަތިވުމުން ދެންވާގޮތެވެ.
 
ސްޓްރެސްވުމުގެ އަލާމާތްތައް ތަފާތު ތިން ކެޓަކަރީ އަކަށް ބެހިގެންވާއިރު ޖިސްމާނީ ގޮތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ބަންޑުގައި ރިއްސުން، ގައިގެ އެތައްމިތާގައި ރިއްސުން، ދާހިއްލުން، އެނބުރުންއެރުން، އަނގަ ހިއްކުން، އަދި ޖިންސީ މައްސަލަތައް ހިމެނެއެވެ.
 
ޖަޒްބާތީ ގޮތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލަށް ތުރާވުން، ކަންބޮޑުވުން، އަމިއްލަ ނަފްސާއި މެދު އިތުބާރު ނެތުމާއި، ރަނގަޅު މޫޑެއްގައި ނުހުރެވުން ފަދަ ކަންކަން ހިމެނެއެވެ.
ނަފްސާނީ ގޮތުން ކުރާ އަސަރުތަކުގެ ތެރޭގައި މާއަވަހަށް ކަންކަމުގައި ފަޅައިގެން ދިޔުން (ޖަޒްބާތުތައް ބޭރުކުރެވުން)، މަސްތުވުމާއި ދިމާއަށް ދިޔުން، ކެއުމުގެ އާދައަށް ބަދަލުތަކެއް އައުން، އަދި ހަނދާންނެތުން އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ.
ސްޓްރެސްވާން ދިމާވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، އޮފީސް މާހައުލާއި، ރައްޓެހިންނާއި، އަމިއްލަ ޒާތީ ދިރިއުޅުން ހިމެނެއެވެ. އެމެރިކާގައި ހެދުނު ރިސާރޗަކާއި ހަވާލާދޭއިރު ތިރީގައި މިވަނީ ސްޓްރެސްފުލް ލައިފް އިވެންޓްސް ނުވަތަ މީހަކު ސްޓްރެސް ވުމަށް ދިމަވެދާނެ ބައެއް މައްސަލަތައް، ބޮޑުން ކުޑައަށް ތަރުތީބު ކުރެވިފައިވާ ގޮތެވެ.
މަންމަ ނުވަތަ ބައްޕަ ނިޔާވުން (ލޯބިވާ ކޮންމެ މީހަކުވެސް ނިޔާވުން)
ނޭގުމެއްގެ ތެރޭގައި ބަލިވެއިނުން / ބައިގެންދިޔުން
އަމިއްލަ ކައިވެންޏާއި ކުރިމަތިލާހިނދު
މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުން
މަންމަ ނުވަތަ ބައްޕަ އެއް އަހަރުގެ ޖަލު ހުކުމެއް އައުން
މަންމަ ނުވަތަ ބައްޕަ އެހެން މީހަކާއި ކައިވެނިކުރުން
ގާތް ރަހުމަތްތެރިއަކު ނިޔާވުން
ސީރިއަސް ބައްޔަކާއި ހަނގުރާމަކުރުން
ކިޔަވަމުންދާ ދުވަސްވަރު ގްރޭޑުން ފެއިލްވުން
ހިތް ނޭދޭ ހާލަތެއްގައި ލޯބިވެރިޔާއާއި އޮންނަ ގުޅުން ކެނޑި ލޯބިވެރިޔާ ގެއްލުން
އަލްކަހޯލް އަދި ޑްރަގްގެ ވަބާގައި ޖެހުން
މައިންބަފއިންނާއި ދެކޮޅުވެރިވާން ޖެހޭ ހާލަތްތައް އިތުރުވުން
ބައްޕަގެ ވަޒީފާ ގެއްލުން
އާއިލާގެ މާލީ ހާލަތަށް ބަދަލު އައުން
ކިޔެވުމުގެ ތެރެއިން އިތުރު ޒިންމާއެއް އުފަލަން ޖެހުން (ސްކޫލްގައި ސިނިއާ މަގާމެއް ލިބުން)
 
މިފަދައިން ތަރުތީބު ކުރެވިފައި ވީނަމަވެސް އެކިއެކި މުޖުތަމައުތަކުގައި މިތަރުތީބަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ސްޓްރެސްވުމަކީ ނޭދެވޭ ގިނަ އަސަރުތަކެއް ކުރާކަމެއްކަމުގައި ވީނަމަވެސް ސްޓްރެސްގެ  ސަބަބުން ފައިދާކުރަނިވި އަސަރުތަކެއްވެސް ހުރެއެވެ. މިސާލަކަށް ފާސްނުވުމުން ދެވަނަ ފުރުސަތުގައި އިތުރަށް މަސައްކަތްކުރުން، ސިއްހީ ހާލަތަކާއި މެދު ކަންބޮޑުވެ ރަނގަޅު އާދަތަކެއް އަށަގެންނެވުން ފަދަ ކަންކަން ހިމެނެއެވެ. ވީމާ ސްޓްރެސް އާއި ނުލާ ދުނިޔޭގައި އުޅުމަކީ ނާދިރު ކަމެކެވެ.