ސެންޕައިގެ ފިކިރު ކޮލަމް
ސެންޕައިގެ ފިކުރު ހިނގަމުންދަނީ ގުދުރަތީ ވެއްޓާ، ގުދުރަތީ ނިޒާމުގެ ތެރެއިން ކަންހިނގާގޮތް އިލުމީ ނަޒަރިއްޔާތުގެ އަލީގައި ކިޔުންތެރިންނާއި ހިސާބަށް ތިލަކޮށްދިނުމަށެވެ. ސެންޕައިގެ ފިކުރު ކޮލަމް ބިނާވެގެން ވަނީ ސައިންޓިފިކް ތަހުލީލު ތަކުގެ އަލީގައި އޮޓަރު ހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށެވެ. “ސެންޕައި” މިނަމަކީ އަރަމުން އަންނަ ޒުވާން އުއްމީދީ ލިޔުންތެރިއެއްގެ ގަލަމުގެ ނަމެވެ.

ރާޅަކީ  ކޯއްޗެއް؟ ރާޅު އުފެދެނީ ކީއްވެ؟ ރާޅު ބިންދަނީ ކީއްވެ؟ ރާޅު ބިންދާ ތަފާތު ވައްތަރުތަކަކީ ކޮބާ؟ މީ ހިތުގައި ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ. އެހެންކަމުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ އަލީގައި މި އުފެދޭ ހުރިހާސުވާލުތަކަށް ޖަވާބެއް ލިބޭތޯ ބަލާލަމާ ހިނގާށެވެ. އެގޮތުން ފެނުގައި ހުންނަ ” ޕާޓިކްލްސް” ތަކަށް ހަކަތަ/(އެނާޖީ) ލިބި، އަންނަ ލޮޅުމުގެ ސަބަބުން ކަނޑުގެ ( މޫދު ނުވަތަ ކޯރުވެސް ހިމެނޭގޮތައް) ލޮނުގަނޑުގެ ބައެއް ބާރުމިނުގައި ކުރިއަށް ހަރަކާތްތެރިވަމުންދެއެވެ. މިހަރަކާތްތެރިވުން އޮޅެމުން އޮޅެމުންދެއެވެ. (ސާކިއުލަރ މޯޝަންގައި) މިއީ އަނެއްހެން ބުނާކަމުގައި ވަނީނަމަ ހަކަތައިގެ ސަބަބުން ވާކަމެކެވެ. އެގޮތުން ފެނަކީ އަސްލުހަގީގަތުގައި ހަކަތަ ދަތުރުކުރުމަށް ފަސޭހައެއްޗެކެވެ.
ކަނޑުގައި ރާޅުތައް އުފެދުމުގެ އަސްލަކީ ވައެވެ. އެހެނަސް މިއުފެދޭ ރާޅުތަކުގައި ބޮޑު ކުޑަމިން ހުންނަނީ އެކިވަރަށެވެ. މިހެން ދިމާވަނީ ވައި ޖެހޭ ވަގުތުގެ ދިގުމިނާއި ވައިޖެހޭ ބާރުމިނާއި އަދި މީގެ އިތުރުން ކަނޑުގެ ލޮނުގަނޑާއި ޖެހޭވަޔާ ހުންނަ ދުރުމިނުންނެވެ. ބުނަން މިއުޅޭ އެއްޗަކީ ވައިން ކަނޑުގެ ލޮނުގަނޑަށްދޭ ހަކަތަ  އައްސޭރި އާއި ހަމައަށް ފޯރުކޮށްދޭއިރު  ވައި ގިނަ އިރު ޖެހޭކަމުގައި ވަނީ ނަމަ ރާޅުތައް ބޮޑުވެއެވެ. ހަމަ އެހެންމެ ވައި ޖެހޭލެއް ބާރުކަމުގައި ވަނީ ނަމަ ރާޅުތައް އުސްވެއެވެ. އަދި ލޮނުގަނޑާއި ޖެހޭ ވަޔާ ދެމެދުގައިވާ ދުރުމިން ބޮޑު ނަމަވެސް ރާޅު ބޮޑުވާނެއެވެ.
ރާޅުތައް އެއްގަމަށް ހަވާލުކުރާ އަމާނާތް ހަވާލުކުރަން އަންނައިރު، މޫދުގެ އަޑި ހުންނަގޮތް ރާޅަށް “އިހުސާސް” ކުރެވެއެވެ. މިކުރެވޭ “އިހުސާސް ” އިން  ތިލަކަން އިހުސާސްވެ ރާޅުގެ އުސްމިން ވަގުތުން ތިރިކޮށްލައެވެ. ވަކިވަރަކަށް ތިލަވުމުން ރާޅުގެ “ސްޓެބިލިޓީ” ގެއްލި ބިންދާލައެވެ. މިބިންދާލާ ބިންދާލުން ވެސް ތަފާތު ގޮތްތަކަކަށް ހުރެއެވެ. އެގޮތުން މިގޮތްތައް ކަނޑައެޅެނީ  އެތަނެއްގެ އަޑި ނުވަތަ ބިންމަތި ހުންނަގޮތަކުންނެވެ، ނުވަތަ ބިންމަތީގެ ކެނޑުން ހުންނަގޮތަކުންނެވެ.
މިގޮތުން “ސްޕިލިން” /(ފޮނުބޮނޑި އެއްގޮތަށް ހުންނަ ރާޅު) އުފެދެނީ “ބިންގަނޑު” ރީތިކޮން ހުރުމުންނެވެ، އެއީ ކުޑަ ކޮން ކަތިކޮން(ސްޓީޕް) ބިންގަނޑު ހުރުމުންނެ. އެހެންކަމުން ރާޅުގެ އެންމެމަތީގައި ހިމެނޭ ބައި ކްރެސްޓްގެ   ބެލެންސް ގެއްލުމުން، ކްރެސްޓް ބިންދާލައިގެން ރާޅުގެ އެންމެ ކުރީގަ އޮވެގެން އާދެއެވެ. މިއީ އެހާ ބާރުގަދަ ރާޅު ބިންދުމެއް ނޫނެވެ.
“ޕްލަންޖިން” އުފެދެނީ ބިންމަތީގެ ކެނޑުން އާދައިގެ ވަރަކަށް ކަތިކޮން ހުރުމުންނެވެ. މިވައްތަރުގެ ރާޅު ބިންދުމުގައި ރާޅުގެ “ކްރެސްޓް” ރާޅުގެ  މައިގަނޑަށްވުރެން ކުރީގަ އޮވެގެންދެއެވެ، އެހެނަސް ކްރެސްޓް ކުއްލިއަކަށް ރާޅުގެ އެންމެތިރި ( ޓްރަފް) އަށް ވެއްޓި، އެތެރެ ހޮޅި އެއްހެން އޮވެގެންދެއެވެ. މިއީ ދިވެހިން ކިޔާ މަސްހޫރު ހޮޅިރާޅެވެ.
“ސާރޖިން” އުފެދެން އަޑީގެ ކެނޑުން ވަރަށް ބޮޑަށް ކަތިވާންޖެހެއެވެ. މިވައްތަރުގެ ބިންދާ ރާޅަކީ އެއްކޮން ބިންދާލުމުގެ ކުރިން، ކްރެސްޓަށް ވުރެން މައިގަނޑު ކުރީގަ އޮވެގެން ދަތުރުކުރާ ވައްތަރުގެ ރާޅެވެ.

ރާޅު ބިންދާ މަންޒަރުތަކަކީ އެންމެނަށް ވެސް ވަރަށް ކަމުދާ، ހިތްހަމަޖެހުން ލިބިދޭކަމެކެވެ. އެހެނަސް މިކަމުގެ ތެރޭގަ ހިނގައި މުޅިމެކޭނިޒަމާ ދޭތެރޭގައި ވިސްނާލަން ވަގުތު ކޮޅެއް ހުސްކޮށްލުމަކީ ވަރަށް ނުކުރެވޭކަމެކެވެ. ސުނާމީ އާއި މީގެ ރާޅުތަކާއި ވަރަށް ތަފާތެވެ، ސުނާމީ އަކީ ފެންގަނޑުގެ އަޑީގައި ހިނގާ “ބޮޑު” ހަމަނުޖެހުމަކުން ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުފެދޭ އެއްޗެކެވެ. އެހެނަސް މިވައްތަރުގެ ރާޅު އުފެދެން ވަގުތު ގިނައިން ބޭނުންވެއެވެ.