ޝަޒާގެ ބިއުޓީ ކޮލަމް
ސެލްމޮން އަދި ޓޫނާ ފަދަ މަހުގައި ‘އޮމެގާ 3 ފެޓީ އެސިޑްސް’ އަދި ވިޓަމިން ޑީ އެކުލެވިގެން ވެއެވެ. މިއީ ހަންގަނޑު ތާޒާކޮށް ރަގަޅު ސިއްޙަތެއްގައި ބެހެއްޓުމަށް ވަރަށް ބޮޑު ރޯލެއް ކުޅޭ މާއްދާތަކެކެވެ. އަދި ހަންގަނޑު އޮމާންކޮށްދިނުމުގައި ވެސް އެހީތެރިވެދެއެވެ.


އެސްޕެރެގަސްގައި ހިމެނިގެންވާ އެންމެ ފާހަގަ ކްށޮލެވޭ މާއްދާއަކީ ވިޓަމިން އީ އެވެ. މިއީ ހައްގަނޑު ތާޒާކޮށް ސާފުކޮށްދީ ރޫތައް ފޮހެލަދޭ މާއްދާއެކެވެ. މިއީ އަދި ހަމަ އެހެންމެ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލާ އާ ސެލްތައްވެސް އުފައްދައިދޭ މާއްދާއެކެވެ. މީގެ ސަބަބުން ހައްގަނޑު އޮމާންވެ މަޑުވެދެއެވެ.