“އަހަންނަކީ އަންހެނެއްކަން އޭނާއަށް ނޭގޭ” މިއީ އަޅުގަނޑުގެ އެކުވެރިއަކާއި މެދު އޭނާގެ ރައްޓެއްސެއް އަމަލު ކުރިގޮތް ކިޔައިދެމުން އެކުވެރިޔާ ބުނި ޖުމްލައެއްގެ ތަންކޮޅެކެވެ. މިޖުމްލަ އަޑުއިވުމުން އަޅުގަނޑަށް ދޭހަވީ އެކުވެރިޔާ އަންހެނަކަށްވީތީ އޭނާ އިހުސާސް ކުރަމުންދާ ނިކަމެތިކަމެވެ. އަދި އެކުވެރިޔާއަކީ އަންހެނެއްކަމުގައި ވީނަމަވެސް އޭނާގެވެސް އަބުރަކާއި އިއްޒަތެއް ވާކަމާއި އޭނާއަށް އިހުތިރާމް ކުރަންޖެހޭކަން ހުދު އޭނާވެސް ގަބޫކު ކުރާކަމެވެ. އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި އެކަނބަލުން ބާރުވެރިކުރުވުމަށް މަސައްކަތްތައް ކުރެވެމުންދާއިރު ފަރުދީ ގޮތުން ކޮންމެ ފިރިހެނަކަށްވެސް އެކަނބަލުންނަކީ ޤަދަރުވެރި އަދި މުހިންމު ބޭނުންތެރި ބައެއްކަން ދެތިން ހަތަރު ކަމަކުން އިހުސާސްކޮށްލަދެވިދާނެއެވެ.

         އަންހެނުންނާއި މެދު ކުރެވޭ ނުބައި ހީތައް ދޫކޮށްލާ އެކަނބަލުންނާއި މެދު ފުންކޮށް ވިސްނާށެވެ.
         ހަޔާތުގެ ބައިވެރިއަކަށް ގިނަޔަބަޔަކު ގެންގުޅުމުގެ ބަދަލުގައި އެންމެ ބައިވެރިއަކު އިހުތިޔާރުކޮށް ތިމާއަކީ އެކަނބުލޭގެއަށް ހާއްސަވެފައިވާ މީހެއްކަން އިހުސާސްކޮށްދޭށެވެ.
         ގޭތެރޭގައި ކުރެވޭ އާދައިގެ މަސައްކަތްތަކަކީ ހަމައެކަނި އަންހެނުންނަށް ލޭބަލް ކުރެވިފައިވާ ކަންކަމަށް ނުހަދައި އެކަނބަލުން މަސައްކަތްކުރަމުންދާއިރު ބޮޑާކަންމަތީ ހުރުމުގެ ބަދަލުގައި މަސައްކަތުގެ އެއްކޮޅުގައި ހިފަހައްޓާލަދޭށެވެ.
         އެކަނބަލުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި އެކަނބަލުންނަށް ހާއްސަ ކުރެވިފައިވާ ޤާނޫނުތަކެއްވާކަން އަންގައިދީ އެކަނބަލުންނަށް ޤާނޫނުތަކުން ދީފައިވާ ބާރުވެރިކަން ކިޔައިދީ ހޭލުންތެރިކުރުވާށެވެ.
         އަމަލާއި ބަހުން މުއާމަލާތް ކުރުމުގައި އިހުތިރާމާއި އެކު މުއާމަލާތްކުރާށެވެ. އަދި އެމުނި އެކުލެވިގެންވާ އިޖުތިމާއީ ގުޅުމުގެ ތެރޭގައި އެކަނބަލުންނަށް ޖެއްސުންކުރުމުގެ ބަދަލުގައި “މީހުންނަކީ އެއީކަން” ހާމަކޮށްދޭށެ.
         އެކިއެކި ކަންކަން ކުރެވޭއިރު އެކަނބަލުންގެ ޗޮއިސް ވެސް ޤާބޫލު ކުރަންވާނެއެވެ.
         ކޮންމެވަގުތަކު ކޮންމެތާކު ހުއްޓަސް އެކަނބަލުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ވިސްނަމުންދާކަން އިހުސާސްކޮށްދޭށެވެ.

މިފަދަ ކުދި ކުދި ކަންކަމުންވެސް އަޅުގަނޑުމެންނަށް އަންހެނުންނަކީ މުޖުތަމައުގައި ގަދަރުލިބިގެންވާ މުހިންމު ބައެއްކަން އެކަނބަލުންނަށް ދައްކުވައިދީ ދިރިއުޅުން އުފާވެރިކުރެވޭނެއެވެ.