ޝަޒާގެ ބިއުޓީ ކޮލަމް
Fenugreek-Leaves
ޗިސްކޮށްފައި ހުރި ތާޒާ ފެނުގްރީކް ފަތާއި ކައްކާފައި ހުރި ކިރުކޮޅެއް އެއްކޮށްގެން ޕޭސްޓެއް ހަދާލުމަށްފަހު މޫނުގައި އުގުޅާލާށެވެ. އަދި ހިކުމުން ދޮވެލާށެވެ. މީގެ ސަބަބުން ބިހި، ރޫ، ބްލެކެހެޑްސް އަދިވެސް މިފަދަ މޫނުގެ އައިބުތައް ފިލައްގެން ދާނެއެވެ. އަދި މޫނުގެ ހަން އޮމާންވެ މަޑުވާނެއެވެ.
ޓީ ޓްރީ ތެޔޮ މިއީ ލަކުނުތައް އަދި ސްޓްރެޗް މާކްސްތައް ފިލުވަން އެހީތެރިވެދޭ ބާވަތެކެވެ. 10 މިނިޓް ވަންދެން ޓީ ޓްރީ ތެޔޮ މޫނުގައި އުގުޅާފައި ބެހެއްޓުމަށްފަހު ފިނިފެނާއި ސައިބޯނި (ނޫނީ އެހާ އަސަރުގަދަ ނޫން ފޭސް ވޯޝް) އަކުން މޫނުދޮވެލާށެވެ. އާންމުކޮށް ބޭނުން ކުރަން ފެށުމުން މީގެ އަސަރު ރަގަޅަށް ފެންނަން ފަށާނެއެވެ.