ޝަޒާގެ ބިއުޓީ ކޮލަމް
ކިއުކަމްބަރ އަދި ދޮންފަޅޯ ބޭނުންކޮށްގެން މޫނުގެ ހަންގަނޑަށް ފަރުވާ ހޯދިދާނެއެވެ. ކިއުކަމްބަރ ފޭސް ޕެކްއެއްގައި އާންމުކޮށް ހިމެނިގެންވާ ބާވަތްތަކަކީ ކިއުކަމްބަރ ޖޫސް، އޯޓް ޕައުޑަރ އަދި ކިރެވެ. މީގެފޭސް ޕެކްއެއް ބޭނުންކޮށްގެން މޫނާއި ކަރުގައި ރީއްޗަށް އުގުޅާލާށެވެ. 10 މިނިޓް ނޫނީ 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ކިއުކަމްބަރ އަކީ ހަންގަނޑު ސާފުކޮށް، ފިނިކޮށްދީ އަދި ފެން ހިފަހައްޓައިދިނުމުގައި އެހީތެރިވެދޭ ބާވަތެކެވެ. މީގެ ސަބަބުން ހަންގަނޑު އަލިވެ އުޖާލާވެގެން ދެއެވެ.

 
ފަޅޮލުގައި ހިމެނޭ ‘ޕަޕެއިން’ ކިޔާ އެންޒައިމްއަކީ ހަމުގައި އެކުލެވިގެންވާ މަރުވެފައި އަދި ހަލާކުވެފައި ހުންނަ ސެލްތައް ނައްތާލަދޭ މާއްދާއެކެވެ. އަދި ހަމަށް އުޖާލާކަމާއި އަލިކަން ގެނެސްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ބޭނުންވާވަރަށް ދޮން ފަޅޯ ޗިސް ކޮށްލުމަށްފަހު ޕޭސްޓެއް ހަދާލާށެވެ. ދެން މިޕޭސްޓް މޫނާއި ކަރުގައި އުގުޅާލުމަށްފަހު 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ. މިގޮތަށް ކޮންމެ ދުވަހަކު ހެދުމުން މޫނު ރީތިވެ ސާފުވާނެއެވެ.