manum biscuit pudding

ބޭނުންވާ ތަކެތި:

1 ޕަކެޓް ފުލް ކްރީމް

3 ބިސް

3 ސަމުސާ ބަޓަރު ނުވަތަ މާޖިރީން

3 ސަމުސަ ކޯން ފްލޯރ

1 ދަޅު ގެރިކިރު

1 ޕަކެޓް އެޕޯލޯ (ވެފާރ ނުވަތަ ރަތްކަރުދާހުގައި ހުންނަ އެންމެ ކުރީގެ ވައްތަރު)

މާރީ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް:

ފުލްކުރީމް ޕަކެޓް އެއްޗަކަށް އަޅާފައި ކައްކަން އުދުމަށްފަހު، ކޯން ފްލޯރ، ގެރިކިރު، ބިސް، އަދި ބަޓަރ މިކްސަރުގަ ރަނގަޅަށް ގިރަލާނީއެވެ. ކައްކަން އުދި ކިރުތައް ކެކެން ފެށީގައި މިކްސަރުގައި ގިރަފައި ހުރި އެއްޗެހިތައް ކެކެމުންދާ ކިރުތަކުގެ ތެރެއަށް އޮއްސަލުމަށްފަހު ކްރީމް ހުންނަ ގޮތަށް އެތަކެތި އޮމާންވަންދެން ރަނގަޅަށް ކައްކާލާށެވެ.ކައްކަމުންދާއިރު މަޑުމަޑުން ހާވަން ވާނެއެވެ.

ކެއްކި ކްރީމްތަކުން އެއްބައި ޓްރޭއެއްގައި ފަށަލައަކަށްވާގޮތަށް ފަތުރާލަށެވެ، އަދި އޭގެ މަތީގައި މާރީ ބިސްކޯދު އެތުރުމަށްފަހު އަނެއްކާވެސް ކްރީމްގެ ފަށަލައެއް ފަތުރަލާށެވެ. އެއަށްފަހު އެޕޯލޯ ރަނގަޅަށް ގާނަފައި ނުވަތަ ހިމުންކޮށް ފުނޑުކޮށްފައި އެޕޯލޯ ފަށަލައެއް ފަތުރާށެވެ. މިހާ ހިސަބަށް އަންނައިރު ހުންނަނީ އެންމަ މަތީގައި ކްރީމް، އެގޭ މަތީގައި، މާރީ ބިސްކޯދު، އޭގެ މަތީގައި އަނެއްކާވެސް ކްރީމް، އަދި އޭގެ މަތީގައި އެޕޯލޯއެވެ.

ބޭނުންވާ ވަރަށް ފަށަލަ އިތުރު ކުރުމަށްޓަކައި މިދެންނެވުނު ތަރުތީބުން ޓްރޭގައި އަތުރާއިރު ފަށަލަތައް އިތުރު ކުރެވިދަނޭއެވެ. ނިމޭއިރު ހުންނަން ވަނީ އެންމެ މަތީގައި އެޕޯލޯއެވެ. ކެއުމުގެ ކުރިން ރަނގަޅަށް ގަނޑުކުރާބަޔައްލަފައި ގަނޑުކޮށްލާށެވެ.