royal bread pudding

1 ޕާން

1 ދަޅު ކެރިކިރު

1 ލިޓަރ ފުލްކްރީމް މިލްކް

ހިކި މޭބިސްކަދުރުކޮޅެއް (ކުޑަކޮށް ތެލުލާފައި)

ކަފޫރު ތޮޅިކޮޅެއް (މުގުރާފައި)

ކެޝޫނަޓްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ޕާން ފޮތިތައް ބޭނުންވާ ސައިޒަށް ހަތަރެސްކަނަށް ކަފާފައި މަޑު މުށިކުލަ އަރަންދެން ތެލުލާށެވެ.

ޕްލްކްރީމް ޕަކެޓް އެތެރެފުން ތެއްޔަކަށް އަޅާފައި މަޑު ގިނީގައި ކައްކަން ފަށާށެވެ. ކެކެމުން ގޮސް ކިރުތައް އޮލަވާގޮތް ވުމުން އޭގެތެރެއަށް ގެރިކިރު ދަޅު އޮއްސާލާށެވެ. މަޑު ގިނީގައި ކެކެމުންދާ ކިރުތައް ހާވަމުން މުގުރި ކާފޫރު ތޮޅިކޮޅުވެސް އަޅާލާށެވެ. ދެން އެއަށްފަހު އޭގެ ތެރެއަށް ކެޝޫނަޓްސް ކޮޅު އަޅާފައި އެއްކުރުމަށްފަހު ރަނގަޅަށް ކައްކަލާށެވެ.

ޓްރޭއެއްގައި ކެއްކި ކްރީމްތައް ފަތުރާލާށެވެ. އޭގެ މަތީގައި ތެލުލި ޕާންތައް އަތުރާށެވެ. އަދި ޕާންތަކުގެ މައްޗަށް އަނެއްކާވެސް ކްރީމް ފަތުރާށެވެ. ކްރީމްތައް ހުސްވަންދެއް މިގޮތަށް ކުރިއަށް ގެންދާށެވެ.

ހިހޫވުމުން ފިނިކުރަން ލާށެވެ.

މުހިންމު މައުލޫމާތު:

ފުލްކްރީމް ކައްކާއިރު ކުޑަ ގީ ކޮޅެއް އެޅުމުން މަތިން އެރުން ކުޑަވާނެއެވެ.

ކެޝޫ ނަޓްސް ބޭނުންކުރާއިރު ކުޑަކޮށް ތެލުލީމައި މީރުވާނެއެވެ.

ރަހަ މީރު ކުރުމަށްޓަކައި މިކާނާ ތައްޔާރު ކުރާއިރު ވީހާވެސް ކުރިން ތައްޔާރު ކުރުމަށް ސަމާލުކަން ދޭށެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މެންދުރަށް ތައްޔާރު ކުރާނަމަ، އެދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސުމަށްފަހު ރަތްވިލާ އޮއްސުމުން ތައްޔާރު ކުރަން ފަށާށެވެ.