parenting-children-child-development-4

ސައިކޮލޮޖީ މިބަސް އުފެދިގެން އައީ ގްރީކް ގެ ބަސްތަކެއް ކަމުގައިވާ “ސައިކޭ” އަދި “ލޯގިއާ” މިދެބަސް އެކުވެގެންނެވެ. ސައިކޭ (މާނަ: ނޭވާ، ނަފްސު) ލޯގިއާ (މާނަ އައިސްފައިވަނީ ގްރީކްގެ ބަހެއް ކަމަށްވާ ލޯގޯސް އިންނެވެ. މާނައަކީ: ބަސް، ދެއްކޭވާހަކަ، ސަބަބު) މިފަދަ ގޮތަކަށެވެ. 17 ވަނަ ގަރުނުގެ މެދުތެރޭގައި ސައިކޮލޮޖީ މާނަކުރެވިފައިވަނީ ނަފުސުގެ ކަންކަން، ނުވަތަ ނަފުސުގެ މައުލޫމާތުގެ ގޮތުގައެވެ. މިއަދު ސައިކޮލޮޖީ މާނަކުރަނީ ބުއްދި އަދި އަމަލުތަކާއި ބެހޭ ކަންކަން ދަސްކުރާ އިލުމުގެ ގޮތުގައެވެ.

މެރިއަމް ވެބްސްޓަރ ޑިކްޝަނަރީގައި ސައިކޮލޮޖީ މާނަ ކޮށްފައިވަނީ ބުއްދިއާއި އަމަލުތަކާއި ގުޅުންހުރި ވަކިވަކި ކަންކަން ދަސްކުރާ އިލުމުގެ ގޮތުގައެވެ. ސައިކޮލޮޖީ އަކީ އިންސާނުންގެ ބުއްދިކުރުމުގެ ކަންކަން ސައިންޓިފިކް ގޮތަކަށް ދަސްކުރުމާއި، އަދި ބުއްދިކުރެވޭ ކުރުމުގެ ސަބަބުން އަމުލަތަކަށް ނުފޫޒު ފޯރަމުންދާ މިންވަރު ނުވަތަ ވަކިވަކi މީހުންގެ ތަބީއަތުގައި ހުންނަ ކަންކަމަށް އަސަރު ނުވަތަ ނޫފުޒު ފޯރާ ގޮތް ދެނެގަތުމާއި ބެހޭ އިލުމުކަމަށް ކޭމްބިރިޖް ޑިކްޝަނަރީގައި ވެއެވެ.

އެހެންކަމުން ޖުމުލަ ގޮތެއްގައި ސައިކޮލޮޖީ އަކީ ވަކިވަކި ފަރުދުން ނުވަތަ ވަކިވަކި ގުރޫޕްގެ ބުއްދިކުރާ ގޮތްތަކާއި އަމަލާއި ތަބީއަތް ސައިންޓިފިކް ގޮތަކަށް ދަސްކުރުމާއި އެކަންކަމާއި ގުޅުން ހުރި ނުފޫޒުފޯރުވާ އެހެނިހެން ކަންކަން ދެނެގަތުމުގެ ޢިލުމެވެ. ދިވެހިބަހުގައި “ސައިކޮލޮޖީ” މި އިލުމަށް ކިޔަނީ ނަފުސާނީ އިލުމެވެ. ނަފްސާނީ އިލުމަކީ އިޖުތިމާއީ ސައިންސްގެ ތެރޭގައި ހިމެހޭ އިލުމަކަށް ވާއިރު މިއިލުމުގައި ވަރަށް ގިނަ ދާއިރާތަކަކަށް ބެހިގެން ވެއެވެ. އެގޮތުން ނުކުޅެދުންތެރިކަމާއި ބެހޭ އިލުމު (އެބްނޯމަލް ސައިކޮލޮޖީ)، ވިސްނުމާއި ބުއްދިކުރުމާއި ބެހޭ އިލުމް (ކޮގްނިޓިވް ސައިކޮލޮޖީ) އަމަލުތަކާއި ފިކުރާއި ގުޅޭ އިލުމު ( ބިހޭވިއަރަލް ސައިކޮލޮޖީ)، އަދި ވެސް މީގެ އިތުރުން އެތަކެއް ދާއިރާއެއް ހިމެނެއެވެ.

ނަފްސާނީ އިލުމުގެ ހުނަރަކީ މިއަދު ހުރިހާ ދާއިރާއެއްގައިވެސް  މުހިންމު ދައުރެއް އަދާކުރާ ހުނަރެކެވެ. ކުދިން ތަރުބިއްޔަތު ކުރުމާއި މީހުން ބިނާކުރުމުގެ ދައިރާއާއި، މަސައްކަތުގެ މާހައުލާއި، ދޭދޭ ފަރުދުންގެ ފަރުދީ ގުޅުންތަކުގައި އާއި ވިޔަފާރިއާއި އިޤުތިސާދީ ދައިރާތަކުގައި ނަފްސާނީ ޢިލުމާއި ގުޅުހުން ހުރި ހުނަރުތަކަކީ މިއަދު ބޭނުން ކުރަމުންދާ ހުނަރު ތަކާއި އުކުޅުތަކެވެ. އެގޮތުން ޢިލުމުތައް ތަފާތު ބައިތަކަށް ބަހާލެވިފައިވާ އިރު ނަފްސާނީ ޢިލުމަކީ ސޯޝަލް ސައިންސްގެ ތެރޭގައި ހިމެނޭ ފަންނު ނުވަތޔަ އަރޓްސް ކެޓަގަރީގައި ހިމެނޭ ޢިލުމެކެވެ.