psycho

ސިގްމަންޑް ފްރައިޑަކީ ނަފްސާނީ އިލުމުގެ ބާނީގެ ގޮތުގައި މަސްހޫރުވެފައިވާ އަދި މިއިލުމުގައި އެންމެ ނުފޫޒުގަދަ ބުނުންތައް ބުނެ ނަޒަރިއްޔާތުތައް ދުނިޔެއަށް އިލުމެއްގެ ގޮތުގައި ހާމަކޮށްފައިވާ ނަފްސާނީ އިލުމުވެރިއެކެވެ. ސިގްމަންޑް ފްރުއިޑްގެ ސައިކޯ އެނާލިޓިކް ތިއަރީ އަކީ ޑިވެލޮޕްމަންޓް ސައިކޮލޮޖީގެ މުހިންމު އެއްބައެވެ.

ފްރުއިޑްގެ ސައިކޯ އެނާލިޓިކް ތިއަރީ ބުނާ ގޮތުން އިންސާނާ މީހަކަށް ވުމުގައި ނުވަތަ އޭނާގެ ޕާރސަނަލިޓީ ކަނޑައެޅިގެން ދިޔުމުގެ ފެށުން ވަނީ އެއިންސާނާގެ ބުއްދިންނެވެ. އެގޮތުން ފްރުއިޑް ވަނީ ބުއްދި ކުރުމުގައި މައިގަނޑު އަސާސީ ތިން ހަމައެއް ވާކަން ބުނެ ހިޔާލީ އޮނިގަނޑެއް އެކުލަވާލާފައެވެ. އެއީ “އިޑް” “އީގޯ” އަދި “ސުޕަރ އީގޯ” އެވެ.

އިޑް އަކީ އުފަންވާ ވަގުތުން ފެށިގެން އިހުތިޔާރަކާއި ނުލައި އިންސާނާއަށް ކަންކަންތަކަކަށް ބޭނުން ޖެހުމެވެ. އަދި އެ ބޭނުންވާ ބޭނުންވުމާއި ވިސްނޭ ވިސްނުން ބޭރުފުށާއި ގުޅުވާލައި ވެވޭނެ ކަންކަމާއި ނުވެވޭނެ ކަންކަން ދެނެގަނެ ވިސްނުމުގެ ފެންވަރު ހަޤިޤަތާއި އެއްގޮތް ކުރުވާނީ އީގޯ ކަމުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ސުޕަރ އީގޯ އަކީ އަމިއްލަ އިހުތިޔާރުގައި ބޭނުންވާ ބޭނުންތައް އިންތިހާ ދަރަޖައަށް މައްޗަށް އަރުވާލާ އެއްޗެއްކަމަށް މިނަޒަރިއްޔާތު ބުނެއެވެ. އެހެންކަމުން އިޑް އުފައްދާ އިހުތިޔާރުން ބޭރުގެ ކަންކަމާއި ސްޕަރ އީގޯ އުއްފަދާ އިންތިހާ ދަރަޖައިގެ ކަންކަން ވަކިހަމައެއްގައި ހިފަހައްޓާ މޮޑަރޭޓް ކުރަމުންދާނީ އީގޯ ކަމަށް ފްރުއިޑް އެކުލަވާލާފައިވާ ބުއްދި ކުރުމުގެ އޮނިގަނޑުގައިވެއެވެ.

އިންސާނާ ބޭރުފުށުގެ އަމަލާއި ތަބީއަތް ބިނާވެގެން އަންނަނީ ހަށިގަނޑުގެ އެތެރެ ފުށުން ލިބިގެންވާ ބުއްދި އާއި އެކަންކަމާއި ގުޅިފައިވާ ކޮންޓްރޯލުތަކުގެ ކުޅެދުމާއި ނުކެޅެދުންތެރިކަން ހުރި މިންވަރަކުންނެވެ. ފްރުއިޑްގެ ހިޔާލީ އޮނިގަނޑުގެ ތެރެއިން ހުށަހަޅާދީފައިވާ ތަފާތު ތިންކަމަކީ ބުއްދިއަށް ފެންނަ ފެނުމުގެ ތެރެއިން އިންސާނާގެ އަމަލުތަކާއި ތަބީއަތް ބިނާވާނެ މައިގަނޑު އަސާސް ކަމަށްވެފައި އެކަންކަން ބޭރުފުށުން އަމަލުކޮށް އެމީހާ އަކީ ހަޤީޤީ ކާކުން ބޭރަށް ދެއްކުމުގައި އެ ތިން ކަންތަކުގެ ދައުރު ހިނގާނޭކަމަށް ފްރުއިޑްގެ ތިއަރީގައި ބަޔާންކޮށްފައިވެއެވެ.

ވީމާ ލިބިފައިވަ ގާބިލުކަމުގެ ތެރެއިން އަމިއްލަ ބުއްދިން ކޮންމެ އިންސާނަކަށްވެސް ރަނގަޅާއި ނުބައިގެ މިންވަރުތަކެއް ނޭގިނަމަވެސް ކަނޑައެޅިފައި ހުންނާނެއެވެ. ޕާރސަނަލް ވެލިއުސް ބިނާވެގެން އަންނަނީ މިދެންނެވުނު ފަދައިން ބުއްދިކުރާ މިންވަރުގެ ތެރެއިންނެވެ.