Canned-chunk-light-tuna-in-oil

ބޭނުންވާ ތަކެތި:

1 ދަޅު މަސް

1 ޖަގު ބޯފެން

ހިކިމުރިސް

ފިޔާ

ރިހާކުރުކޮޅެއް

1 ޕަކެޓް މަމީ ނޫޑްލްސް ސޫޕް

އަސޭމިރުސް ކޮޅެއް

ހައްދަވާނެ ގޮތް:

ކުޑަކުޑަ ތަވަޔަކަށް ނުވަތަ ތެއްޔަކަށް ބޭނުންވާ ވަރަށް ފެން އެޅުމަށްފަހު ކައްކަން ފަށާށެވެ. ފިޔާ ކޮށުމަށްފަހު ފެންގަޑު ތެރެއަށް އަޅާލާށެވެ. އަދި ބޮކިޖަހާފައި ކެކެން ފެށުމުން ފުދޭ މިންވަރަށް އަސޭމިރުން ކޮޅެއް އާޅާށެވެ. އެއަށްފަހު މަމީ ނޫޑްލީހުގެ ސޫޕް ޕަކެޓް (ލޮނުރަހަ ލާވަރަށް) އޮއްސަލާށެވެ. ކުޑަ ރަތްކަމަކާއި އެކު ކެކެމުންދާ ފެންގަނޑުގެ ތެރެއަށް މަސްދަޅު އޮއްސާލާށެވެ. އަދި މަސް އެޅުމަށްފަހު 1 މިނެޓް ކެއްކުމަށްފަހު، މޭޒުމަތީ ސަމްސަލުގެ ކުރިން (ސަމްސަލުގެ ދެބައި ކޮށްފައި އެއްބައިން) ރިހާކުރު ނެގުމަށްފަހު ފެންގަޑަށް ރިހާކުރުތައް ގިރުވަލާށެވެ. އެއަށްފަހު ރަނގަޅަށް ރަހަލަންދެން ކައްކާށެވެ. ގިނައިން ކެއްކިވަރަކަށް ގަރުދިޔައިގެ ރަހަ ގަދަވެ މީރުވާނެއެވެ. އަދި ލޮނު ގިނައިން އެޅިފައިވާނަމަ ގިނައިން ކެއްކުމުން ލޮނުގަދަވުން އެކަށީގެންވެއެވެ.

ނުޑްލިސް ސޫޕްގެ ބަދަލުގައި އާދައިގެ ލޮނުވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މީރުވާނީ ނޫޑުލިސް ސޫޕްގެ މަމީ ބްރޭންޑްގެ ސޫޕްއެވެ.