މުޙައްމަދު އަފްރާޙް / މަނަދޫ

badhaliuvi zAMA

ނުލުރުކެއް ދޮންދަބުރުކެއް ވަކިވާނެ މީހަކު ނެތް މިއަދު

     ކުރުނބައެއް އަދި ގަބުޅިއެއް ރަހަ ދަންނަމީހަކު ނެތް މިއަދު

ކަންފަތިން މަނދެލަން އެތެއް ދަންނާނެ މީހަކު ނެތް މިއަދު

     ފަންވަތެއް އޮތަކަސް އިލިން ވިންނާނެ މީހަކު ނެތް މިއަދު

ތަދުވިޔަސް އޮޑިހަނުގެ ނަން އިއްވާނެ މީހަކު ނެތް މިއަދު

     ކަޅުއަރޮޅި އަދި އެސްމަލެއް ސިފަވާނެ މީހަކު ނެތް މިއަދު

ފަލި ދަތަސް މެއްކެއްގެ ނަން އިވިފާވި މީހަކު ނެތް މިއަދު

    މަޅި ކިޔަސް ޅާންބެއް ދުލަށް އަންނާނެ މީހަކު ނެތް މިއަދު

ވެއްޖެކަން ދަންނަން ޖެހޭ ކަންތައްތަކެއް ދުނިޔޭން ބަދަލު

      ލެއްވުމުން ފޯޖީ ލިބޭކަން ދަންނަ މީހުން ގިނަ މިއަދު

ބަވަނަވީ ދުނިޔޭގެ ގޮތްތައް ވަކިއަޅާ ދެމުމުން މިއަދު

    ނަކަލު ގޮތްތައް ގިނަވެ އޮތުމުން ނެތިދަނީ އަސްލޭ މިއަދު