މުޙައްމަދު އަފްރާޙް / މަނަދޫ

miskithu negi

ތާވަކަރު ތޮނަޔާއެކީ ގިޔަގަނޑުން ވައްޓާލިޔަސް

    ބާރަ ފަތި ކީހޭވަރަށް ފައިދޮށްތަކެއް ފައިދަށުވިޔަސް

ވަސްވަކަރު އެއްކޮށް ނަގާ ބިންމަތީގައި ބޭއްވިޔަސް

    އަސްކަނިން ނެގި ނަލަފިލާ ހުދުވެގެން މާ ނަލަވިޔަސް

ބޭނުމެއް ނުކުރާނެ އެޔަކުން ދެން އަލުން ބޭނުންވިޔަސް

    ބޭނުމަކު ނުކެރޭނެ އަތްލަން މާބޮޑަށް ހިތްދޫވިޔަސް

ނީލަމެއް ނުކިޔާނެ ވިއްކަން އޭގެއިން އާރެއްލިޔަސް

    މީހަކަށް ނުކެރޭނެ ގަންނަން މާބޮޑަށް ބޭނުންވިޔަސް

ފުންޏަކަށް ގުޑުވާނުލާ ހުންނާނެ ތަނުގައި ފީވިޔަސް

   ކުންޏަކަށް ނުކަހާނެ އަމުދުން އެކުއެކީގައި ފޮރިބުޔަސް

ފިސްވިޔަސް އެއްލާލުމަށް ނޭދޭނެ ދެންހަމަ އެކަކުވެސް

   މިސްކިތުން ނެގި ވަކަރުވީމާ އެތަނުގައި ޤަރުނެއްވިޔަސް