މުޙައްމަދު އަފްރާޙް / މަނަދޫ

kandhi ka

ހާދިސާއެއް މީ ބުނާ އިހުގައި ހިނގާފައި އޮތްކަމުން

       ހާދިސާ ސިފަކޮށްދެވޭތޯ މި ބަލަނީ ވިސްނާލަމުން

****************************************

ލޯތަކަށް ކުރަހައިދެމުން މޮޅުނަން ކަމަނަ ހޯދަން އުޅުން

         ލޯތަކަށް ފެނިފައިވެޔޭ ބޭޒާރުވުން ކަމަނަގެ ދުލުން

ކަމަނަ ގޭގައި ގެންގުޅޭ ކުޅަދާނަ ތިން އަންހެން ކުދިން

      ކަމަނައަށް ކައްކައިދެޔޭ ރަހަމީރުކޮށް މިކުދިން އަތުން

ކަމަނައަށް މީހުން ކިޔާ ނަމަކަށް އިތުރު ކަނދިކަމަނަ

     ކަމަނައަށް ލިބިފައިވެޔޭ މަސްހޫރުކަން މަސްތެލުލުމުން

އެއްދުވަހު މީހަކު ބުނީ މީރޭ ވަރަށް ތިޔަ ތެލުލިމަސް

    ދެން އެހިނދު ކަމަނާ ބުނީ ތެލުލީ މަށޭ އަހަރެން އަތުން

ހަމަ އެހިނދު މީހަކު ބުނޭ ގަދަޔޭ ނިކަން ލޮނުރަހަ މަހުން

    ބަލަ މިއަދު މިކުދިން އެޅީ ލޮނު، ބުނެފިޔޭ ކަމަނާ އަޑުން

މީ މިކަންތައް ވީގޮތާއި އެއްގޮތް މިސާލު ސިފަކުރުން

         މީ މިސާލުބަހެއް މިއަދު ބޭނުންކުރާ ބޯދާ ބަހުން