މުޙައްމަދު އަފްރާޙް / މަނަދޫ

farah

ހިތާ ދެކޮޅަށް ކަމެއްކުރިކަން ޒަމާނެއްގައި ހިނގާފައިވާ

      މިތާގައި ހާދިސާ ވިސްނާ ލިޔަން ފެއްޓިން މިއަދު މިއަޅާ

**************************************

ފޯމަތިވުމުން އަރުވާޖަހާ އަދި ޚާއްސަކޮށް އަންހެން ވެރިން

         ބޯލާކޮޅެއް ކަމުގައިވެފައި މިސްރާބަކީ ފަރުކަން ހަދާ

އުރަފަށް ދަށުން ދިއްލާފަ އޮތް ހިކި ފަރުމަތީ އަރުވާ ޖަހާ

     އުނަގަނޑުގެ ހެލިކަން ދައްކަމުން ގާތައް ނަގާ ފުރޮޅާ ހަދާ

މީހުން ތިބީ ހޭކުޑަވެފާ ބޮލިތައް ދިރޭ ދުވެގޮސް ނަގާ

       މީހުންގެ އަތްތައް ބަރުވެފާ ކަންވާރުތައް ބަންޑުންވެފާ

ބަލިބުރަ އެ މަންމަގެ ލޯމަތިން ފެނިފާ އެމަންޒަރު ދެންބުނީ

  ދަރިފުޅު މިއަދު ގޮސްދީ ފަރަށް މަންމަގެ ދެފައި ތުރުތުރު އަޅާ

ހުސްނާގެ ތުން އޫކޮށް ގެއިން ނިކުތީ ދޮރެއް ބާރަށް ޖަހާ

      ފުސްމޫނުލައި އަރުވާޖަހާ ފަރުމަތި ދިގަށް ދެކޮޅަށް ހިނގާ

ކަންވާރުވެސް މަ ނުގެންނަމޭ ކިޔަމުން ނިކަން ބާރަށް ބުނީ

     މަންމާ ބުނީ ދާށޭ ފަރަށް، ބޮލި ހިލުމަކަށް ނުބުނޭ އަމާ

**************************************

އަބަދަށް ފެތޭ މި މިސާލުބަސް ބޯދާބަހުން ނެގިފައި ވިޔަސް

    ނަމަކަށް ކަމެއް ކޮށްނިންމުމުން ޖަހައޭ މިސާލަށް މިއަދުވެސް